ޓްރީޓޮޕް ހޮސްޕިޓަލުން ގޭގައި ތިބެގެން ފިޒިއޮތެރަޕީ ފަރުވާ ލިބޭގޮތަށް ހާއްސަކޮށްފައިވާ އާ ދެ ޕެކޭޖެއް މިއަދު ތައާރަފުކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، އެ އާ ޕެކޭޖުތަކުގެ މަގުސަދަކީ ފަރުވާ ހޯދާ ފަރާތްތަކަށް ހަރަކާތްތެރިކަން އިތުރުކޮށް، ތަދު ލުއިކޮށްދީ، އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނެ ފިޒިއޮތެރަޕީ ފަރުވާ ފަސޭހައިން ލިބުން ކަމަށެވެ.

އޭގެ ތެރެއިން ޕެއިން މެނޭޖުކުރުމުގެ ޕެކޭޖު ނުވަތަ ތަދު ލުއިކުރާ ފަރުވާގެ ޕެކޭޖަކީ ދިގު މުއްދަތަކަށް ނުވަތަ ކުއްލިއަކަށްވާ ތަދުތަކަށް ލުޔެއް ހޯދަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ޕެކޭޖު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ޕެކޭޖުގައި ހިމެނެނީ:

  • ބަލިމީހާގެ ބޭނުންތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އަސާސީ ތެރަޕިއުޓިކް އެކްސަސައިޒް ނުވަތަ ކަސްރަތު ފަރުވާ
  • ތަދު ލުއިކޮށްދިނުމަށް ހާއްސަކޮށްފައިވާ އިލެކްޓްރޯތެރަޕީ ފަރުވާތައް
  • ތަދު ލުއިކުރުމަށް ބޭނުންކުރާ ޓެކްނިކްތަކާ ބެހޭ އިރުޝާދު

އެ ޕެކޭޖަކީ ތަދު ލުއިކުރުމަށް އެކި އާލާތްތަކާއި މާހިރުންގެ އިރުޝާދާއެކު ދެވޭ ފުރިހަމަ، ވަށައިޖެހޭ ފަރުވާ ލިބޭ ޕެކޭޖެއް ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕުން ބުނީ ދެން ހިމެނޭ ފަންކްޝަނަލް އިމްޕްރޫވްމަންޓް ޕެކޭޖަކީ ހަރަކާތްތެރިކަން އިތުރުކޮށް، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ފަސޭހައިން ކުރުމަށް ފަރުމާކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އެ ޕެކޭޖުގައި ހިމެނެނީ:

  • ހަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން ދެވޭ ހާއްސަ ތެރަޕިއުޓިކް ފަރުވާ
  • ހަރަކާތްތެރިކަން ރަނގަޅުކުރުމަށް ބޭނުންވާ އިރުޝާދު، މީގެ ސަބަބުން ބަލިމީހުންނަށް އަމިއްލައަށް ކަސްރަތު ފަރުވާ ހޯދޭނެއެވެ.
  • އިތުރަށް ނެގިދާނެ ފަރުވާ ނުވަތަ އެޑްއޮން ފަރުވާތަކުގެ ތެރޭގައި، އިންޓަރފެރެންޝަލް ތެރަޕީ އަދި އަލްޓްރާސައުންޑް ތެރަޕީ ހިމެނެއެވެ. މީގެ ސަބަބުން ފަރުވާ ހޯދާ ފަރާތްތަކަށް އެންމެ ފުރިހަމަ ފިޒިއޮތެރަޕީ ފަރުވާ ލިބިގެންދާނެއެވެ.

އެ ޕެކޭޖަކީ އެކިކަހަލަ އިންޖަރީ ނުވަތަ އަނިޔާ ލިބި، ރަނގަޅުވަމުންދާ މީހުންނަށާއި، އަދި ހަށިގަނޑުގެ ހަރަކާތްތެރިކަމާއި ގާބިލުކަން އިތުރުކުރަން ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޕެކޭޖު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.