ގެއްލިގެން ހޯދަމުންދިޔަ ތ. މަޑިފުށި މީހާ ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ މަޑިފުށި، ބޮންތި، ހަސަން ނިހާލު (34އ) އެވެ.

ފުލުހުން ދެންމެ ބުނީ ހަސަން ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާ ކަމަށް އާއިލާއިން ފުލުހަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިހާލު ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އޭނާ، އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ 8:07 ހާއިރު ރިޕޯޓުކުރުމާ ގުޅިގެންނެވެ.