ބޮޑެތި އިންތިހާބުތައް އެއްކޮށްލައިގެން ބޭއްވުމަށްޓަކައި އިންޑިއާއިން ''ވަން ނޭޝަން، ވަން އިލެކްޝަން'' ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ އިންޑިއާއިން ވަނީ އެގައުމުގައި އޮންނަ އިންތިހާބު ބާއްވާ މޮޑެލަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށައިފައެވެ.
އިންޑިއާގެ ލޯ މިނިސްޓަރު އަރުޖުން ރާމް މެގްވާލް ވަނީ އަންގާރަ ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހާއްސަ ބިލެއް ހުށަހަޅުއްވައިފައެވެ. ''ވަން ނޭޝަން، ވަން އިލެކްޝަން'' ނަމުގައި ތައާރަފުކުރާ އެ އިންތިހާބާ ބެހޭ ބިލުގެ ސަބަބުން އެ ގައުމުގައި ކޮންމެ ފަސް އަހަރަކުން ވަކިވަކިން ބާއްވާ ބޮޑެތި އިންތިހާބުތައް އެއްކޮށް ބޭއްވޭނެ ގޮތް ހެދުމަށް ވަނީ ނިންމައިފައެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީއިން އިސްނަގައިގެން ކެމްޕެއިން ކޮށްފައިވާ ''ވަން ނޭޝަން، ވަން އިލެކްޝަން'' ބިލުގެ ސަބަބުން އެގައުމުގައި އޮންނަ އާންމު އިންތިހާބުތައް، މަޖިލިސް އިންތިހާބާއި ސްޓޭޓް އިންތިހާބު އެއްކޮށް ބޭއްވޭނެއެވެ.
އެގާނޫނު ފާސްވުމުން އެގައުމުގެ ވަކިވަކި ސަރަހައްދުތަކުގައި، އެސަރަހައްދުތަކުގެ ފެންވަރުގައި އޮންނަ އިންތިހާބުތައް ހަމަ އެމުއްދަތުގައި ބޭއްވުމަށް އެބިލުގައި ހިމެނުމަށް ވަނީ މަސައްކަތް ފަށައިފައެވެ.
އިންޑިއާގައި 2019 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުތަކުގެ ހަރަދު ޖުމްލަ 7.07 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެގައުމުގައި ހަދާފައިވާ ދިސާރާއަކުން ވަނީ ހާމަވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ