ވަނުއާޓޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރެކްޓާ މިންގަނޑުން 7.3 މެގްނިޓިއުޑްގައި އައި އެ ބިންހެލުމުގެ އަސަރުކޮށްފައި ވަނީ ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާ ސަރަހައްދަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ އައި އެ ބިންހެލުމުގައި އެސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރުން އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ބިންހެލުން އައި ސަރަހައްދުގެ ފޯނު ނެޓްވޯކު ކެނޑިފައިވާ އިރު، އެ ބިންހެލުމުގައި އަނިޔާވި އަދި މަރުވި މީހުންގެ އެއްވެސް ތަފްސީލެއް ލިބިފައިނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އޮފިޝަލުން ވަނީ އެކަކު މަރުވި ކަމުގެ މައުލޫމާތު ނުރަސްމީކޮށް ހިއްސާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް އިމަޖެންސީގައި ހަރަކާތްތެރިވާ ޓީމުތައް ފޮނުވާފައިވާ އިރު، އެފަރާތްތަކުގެ ވަސީލަތްތައް މަދުވުމުން އެމަސައްކަތަށް އުނދަގޫތަކެއް ހުރި ކަމަށް އޮފިޝަލުން ބުނެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުން ބިންހެލުން އައި ސަރަހައްދުގެ އުސް އިމާރާތްތަކެއް ވެއްޓިފައިވާ މަންޒަރު ފެނެއެވެ.
ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ 80 ރަށް ހިމެނޭ ވަނުއާޓޫ އަށް އެހީވުމަށް އަވަށްޓެރި ގައުމުތަކުން ވަނީ މަސައްކަތްތައް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ