ކޮޅިގަނޑެއްގައި ޖެހި ރަޝިޔާގެ ދެ ތެޔޮ ޓޭންކަރެއް އަޑިޔަށް ހިނގައްޖެއެވެ.
ރަޝިޔާއަށް ނިސްބަތްވާ އެ ދެ ތެޔޮ ޓޭންކަރު ކަނޑުވެފައިވަނީ ކަޅު ކަނޑުގައި ދަތުރުކުރަމުންދަނިކޮށް ކަމަށާއި ޓޭންކަރުތަކުން ތެޔޮ ފައިބަމުންދާކަމަށްވެސް އެ ގައުމުން ބުނެއެވެ.
ރަޝިޔާގެ ސަދަން ޓްރާންސްޕޯޓް އިދާރާގެ އޮފިޝަލުން ބުނެފައިވަނީ އެ ދެ ޓޭންކަރުގެ ތެރެއިން އެއް ޓޭންކަރު މެދުން ބިނދި ދެބުރި ވެފައިވާކަމަށާއި އެ ޓޭންކަރު އަޑިއަށް ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެވަނަ ޓޭންކަރަށްވެސް ގެއްލުންތަކެއް ވެފައިވާކަމަށް އޮފިޝަލުން ބުނާއިރު އެ ޓޭންކަރުވެސް އަޑިޔަށް ހިނގައިދާނެ ކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.
ދެ ޓޭންކަރުގައި 29 ފަޅުވެރީން ދަތުރުކޮށްފައިވާއިރު އެއިން އެކަކު މަރުވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ. ސަލާމަތްވި މީހުން އެހެން އުޅަނދަކަށް ނަގާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު ރެސްކިއު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. 50 އަށްވުރެ ގިނަ މީހުންނާއެކު ފަށާފައިވާ އެ އޮޕަރޭޝަންގައި ޓަގު ބޯޓުތަކާއި ހެލިކޮޕްޓަރުގެ އިތުރުން ކަނޑުން ތެޔޮ ސާފުކުރާ އާލާތްތައް ބޭނުންކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ