އދ. ކުނބުރުދޫ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްްލެއް ހޯދައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެ ރަށު ކައުންސިލުން އެދިއްްޖެއެވެ.
ރައީސް އަތޮޅުތެރެއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދުއަށް ވަޑައިގެން ކުނބުރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު ކައުންސިލުން ވަނީ ރާއްޖޭގެ ރައީސަކު އެ ރަށަށް ޒިޔާރާތްނުކުރާތާ 15 އަހަރުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައެވެ.
ކައުންސިލުން ވަނީ ރަށުގެ ސުކޫލު ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ކަމަށާއި ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ކުނި ނެގުމާއި ކުނި ނައްތާލުމުގެ މައްސަލައަށް ހައްލު ބޭނުންވާކަ މަށާއި ރަށުގެ ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންކަމުގައި ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުނބުރުދޫ ރައްޔިތުންނަށް އެންމެ ބޭނުންވާ އެންމެ މުހިންމުކަމަކީ ބޯހިޔާވަހިކަންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ކުރިއަށްދާނެ ކަމަށާއި ދެންވެސް ޖުމްލަކޮށް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުނބުރުދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު