ތައިލެންޑުގެ ފެސްޓިވަލެއްގައި ބޮމެއް ގޮވައި ތިން މީހަކު މަރުވެއްޖެއެވެ.
ތައިލެންޑުގެ ޓަކް ޕްރޮވިންސުގައި ކުރިޔަށް ދިޔަ އެ ފެސްޓިވަލުގައި މީހުން ތޮއްޖެހިފައިވަނިކޮށް ބޮމެއް ގޮއްވާލައި، އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ތިނަކަށް އަރާފައިވާއިރު ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާވެފައިކަމަށް އޮފިޝަލުން ބުނެއެވެ.
ތައިލެންޑުގެ ފުލުހުން ބުނީ އެހާދިސާގައި އަނިޔާވެގެން 48 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭގެތެރެއިން ހަ މީހެއްގެ ހާލު ދެރަ ކަމަށެވެ.
ފުލުހުން ވަނީ ބޮން ގޮއްވާލާފައިވަނީ މީހުން ގިނަ ސަރަހައްދެއްގެ ތެރެއަށް އެއްލާލައިގެން ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ އައިޑީއެއް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ