ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރު ރާއްޖެ ގެނެސް، މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުދީގެ ސަރުކާރުން ކޮންމެ އަހަރަކު ރޯދަމަހަށް ދެެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ އައިސް، މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށެވެ.
އަދި ރޯދަމަހުގެ ކުރިން ކަދުރު ބަހައި ނިންމާނެ ކަމަށާއި މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފުތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެއެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ފުރަތަމަ ހަފުތާގެ ތެރޭގައި ކަދުރު ބަހައެވެ. ނަމަވެސް މިދިޔަ އަހަރު ކަދުރު ބަހަން ފެށީ ރޯދަމަސް ނިމެން ގާތްވެފައި ވަނިކޮށެވެ.
މި އަހަރު ކަދުރު ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން އަދި ނުނިންމަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު