މުސާރަ ނުދޭ ކަމަށް ބުނެ މުލީއާގެއާ ހިސާބުގައި މުޒާހަރާ ކުރި 55 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ، މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލިޔާގެއާ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައަކާ ގުޅިގެން އެތަނަށް ފުލުހުން ދިޔަ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށެވެ.
ނަމަވެސް އެއީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކަމެއް ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު