ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ފިނޭންސް މިނިސްޓްރީގެ ދަށުން އުފެއްދި އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރު އޮފް ރިފޯމުގެ މަގާމަށް މީހަކު ހޯދަން އެ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިފޯމު ސްޓްރެޓެޖީ އެކުލަވައިލުމާއި އިނޮކޮމިކް، އެސްއޯއީ އަދި ފިސްކަލް ރިފޯމުތަކާ ގުޅޭ ޕްރޮގްރެސް ރިޕޯޓުތައް އެކުލަވާލައި އެކަމާ ގުޅޭ ފްރޭމްވޯކްތައް އެކުލަވައިލައި ޕްލޭންތައް ރޭވުން ހިމެނެއެވެ.
ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އެ މަގާމުގައި މަސައްކަތް ކުރަން ޖެހޭނީ ފިނޭންސް މިނިސްޓްރީގައެވެ. ނަމަވެސް އެ މަގާމުގެ މުސާރައެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަގާމަށް ކުރިމަތިލެވޭނީ އެކައުންޓިން އެންޑް ފައިނޭންސިން އިން ބެޗްލާސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮންނަ މީހަކަށެވެ. އަދި ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ މަގާމަށް ޝައުގުވެރިވާ މީހުން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު