މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލޭ ފޭސް ދޭކުން ގޯތި ދިން ބިންތަކުގެ ޖުމްލަ އަގު 5.4 ބިލިޔަން ރުފިޔާއަށް އަރާ ކަމަށް ހައުސިން ޑީވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ އިސް ބޭފުޅުން ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިދިން ބިންތަކުގެ ޖުމްލަ އަގު އޮޅުންފިލުވުމަށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ހަމައެކަނި އެ ބިންތަކަށް ވެސް 5.4 ބިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ނަމަވެސް ކުރީ ސަރުކާރުން ދިން ބައެއް ގޯތިތައް ކަރަންޓާއި ފެނުގެ ނިޒާމުގެ މައްޗަށް އަރަފާއިވާތީ އާއި ޕޭމަންޓް މައްޗަށް އަރާފައިވާތީ، އިންފްރާންސްޓްރަކްޗާގެ ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށާއި އެކަމަށް އިތުރު ހަރަދުތައް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ފެނުގެ ނިޒާމާއި ކަރަންޓްގެ ނިޒާމަށް ބައެއް ބަދަލުތައް ގެނެސް، ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތާރު ނަގަންޖެހޭ ތަންތަނުން ތާރު ނަގައި، ތާރުއަޅަންޖެހޭ ތަންތަނުގައި ތާރުއެޅުން ހިމެނޭ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. އަދި ވިދާޅުވީ 5.4 މިލިޔަން ރުފިޔާ އަކީ އެ މަސައްކަތްތަކުގެ ހަރަދު ނުހިމަނައި ހުސް ބިމުގެ އަގު ކަމަށެވެ.
ފަޒުލް ވިދާޅުވީ ހުޅުމާލެ ފޭސް ދޭކުން ގޯތި ދޭންޖެހޭ މީހުނަށް ގޯތި ދީ މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ ފޭސް ތިނެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު