ރާއްޖެއިން، ރާއްޖެއިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޕާޗާ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރާ ގޮތަށް ރާއްޖޭއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ 31 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްކޮށްފައިވަނީ މިއަދުން ފެށިގެން އަމަލުކުރާ ގޮތަށެވެ.
ރާއްޖޭއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ޑިޕާޗާޓެކްސް އާއި އެއާޕޯޓް ޑިވެކޮޕް މަންޓްފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 12 ޑޮލަރަށް ބަދަލެއް ގެނެސްފައިނުވެއެވެ. ނަމަވެސް ބިދޭސީން އަތުން ނަގަމުން އަންނަ 30 ޑޮލަރު، 50 ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު، 120 ޑޮލަރަށް، އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ފަރާތްތަކުން ނަގާ 90 ޑޮލަރު، 240 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ޕްރައިވެޓް ޖެޓުން ނަމަ 480 ޑޮލަރު ނަގާގޮތަށް ގާނޫނުވަނީ އިސްލާހުކޮށްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި