އާޓިފިޝަލް ބީޗު ތެރޭގައި ހުންނަ ކެފޭއެއްގެ ތެރޭ އިންދައި، މެޔަށް ތަދެއް އެރި މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސ. ހިތަދޫ، ސޯސަންގެ، އަހުމަދު ޝަރީފު (53އ) އެވެ.

ފުލުހުން މިއަދު ބުނީ އަހުމަދު ޝަރީފުގެ މެޔަށް ތަދެއް އަރާފައިވަނީ މިއަދު ހެނދުނު 8:56 އެހާކަންހާއިރު ކަމަށެވެ. ފުލުހުން އެތަނަށް އެޓެންޑުވެ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް 10:03 އެހާކަންހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.