އިންޑިއާގައި ގޫގުލް މެޕް ބޭނުންކޮށް ދަތުރުކުރި ބަޔަކު ބުރިޖަކުން ވެއްޓި ތިން މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ އުތުރުން އޮންނަ އުއްތަރަަޕްރަދޭޝްގައި އޮތް ކައިވެނީގެ ހަފުލާއަކަށް ދިއުމަށް ކާރެއްގައި ދަތުރުކުރި އެ މީހުން ދަތުރުކުރަން ޖެހޭ މިސްރާބު ބަލައިފައިވަނީ ގޫގުލް މެޕް ބޭނުންކޮށްގެން ކަމަށާއި އެމީހުންނަށް ގޫގަލް އިން މަގުދައްކާފައި ވަނީ ހަދައި ނުނިމި ހުރި ބްރިޖަކުން ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހާދިސާގައި ދަތުރުކުރި ކާރު ވަނީ ބުރިޖުގެ ނުނިމިހުރިބައި މަތީން ވެއްޓިފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން އިންޑިއާގައި ގޫގުލް މެޕްގެ އިސްފަރާތްތަކާއި ސަރުކާރުގެ އާންމު ހިދުމަތްތަކާބެހޭ އިދާރާތަކާއި ސުވާލުކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގޫގުލްގެ ތަރުޖަމާނާ ހަވާލާދީ އޭއެފްޕީން ބުނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކަށް ގޫގަލް އިން ތައުޒިޔާ ފޮނުވާފައިވާ ކަމަށެވެ.