ގައުމީ ކުޅިވަރު ފަންޑު އުފެއްދުމަށް ލާޒިމުކޮށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅި އެ ބިލު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން 81 މެންބަރުން ވޯޓު ދެެއްވައިގެންނެވެ.
އެ ބިލުގައި ރާއްޖެއާއި ރާއްޖޭން ބޭރުން ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ގައުމީ ކުޅިވަރު ފަންޑެއް އުފެއްދުމަށް ވަނީ ލާޒިމުކޮށްފައެވެ.
އެ ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި ފެރަލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރުން ހިމެނެއެވެ.
އަދި ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުމާއި، މާލީ އެހީ ދިނުމުގައި ހުރި ތަފާތުތައް ނައްތާލުންވެސް ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު