އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަޔަނުދިނުމަށް ޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މައްސަލައިގައި، އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެންމެން ރާއްޖެ އައުން މަނާ ކުރުމުގެ ބަދަލުގައި އިޒްރޭލް ސަރުކާރުގެ އިސްވެރިންނަށް ޓާގެޓް ކޮށްގެން ޕާސްޕޯޓް ބޭން ކުރެވޭގޮތް ހެދުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޓް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ (241) ކޮމިޓީން ކުރިއަށް ގެންދާ އިރު، ކަމާބެހޭ ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކޮށް އެފަރާތްތަކުން ދެކޭ ގޮތް ގެންދަނީ އޮޅުން ފިލުވަމުންނެވެ.
އެގޮތުން 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަޓާޓޯގެ ރައީސް އަބްދުﷲ އިޔާޒް ވިދާޅުވީ، އެފަދަ ކަންތައްތަކަށް އެ އެއޯސިއޭޝަނު ބަސް ބުނަމުން އަންނަނީ ތަފާސް ހިސާބާއި ފެކްޓަށް ބިނާކޮށްގެން ކަމަށެވެ. ނަމަވެސް މިވަގުތު ލިބުނު ރިސޯސް އާއި ލިބުނު ވަގުތަށް ބަލާއިރު މިކަމާބެހޭގޮތުން އެފަދަ ސްޓަޑީސްއެއް ހެދިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ އެކަމުގައި ދެން ބަރޯސާވާން ޖެހެނީ އެސޯސިއޭޝަންގެ މެންބަރުންނާއި ބައިނަލް އަގުވާމީ ކައުންޓާ ޕާޓުނަރުންނަށް ކަމަށެވެ. އެގޮތަށް ބަލާއިރު، އެއީ ވަރަށް ނާޒުކު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މީގައިން ޕްރިންސިޕަލް އަޅުގަނޑުމެން ތާއީދުކުރަން ބޭން އަކަށް، އެކަމަކު ވެސް އަޅުގަނޑުމެންނަށް އެބަފެނޭ އައިސީސީއިން ނެރެފައިވާ އަމުރުވެސް، އެހެންކަމުން މެންބަރުންގެ ވާހަކަތަކަށް ބަލާއިރު، ޓާގެޓެޑް އެޕްރޯޗަކަށް ދިއުމޭ އެންމެ ރަނގަޅީ އެބަފެނޭ،"
އިޒްރޭލް ޕާސްޕޯޓް އޮންނަ ކޮންމެ މީހަކު ރާއްޖެ އެތެރެވުން މަނާކުރުމުގެ ބަދަލުގައި، އިޒްރޭލުގެ ވެރިން ރާއްޖެ އައުން މަނާކުރަން ގެސްޓްހައުސް އެސޯސިއޭޝަނުން ވެސް ވަނީ ކޮމިޓީގައި އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު