މިސްރުގެ ރަތް ކަނޑުގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހައި 17 މީހަކު ގެއްލިއްޖެއެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 28 މީހަކު މިހާތަނަށް ސަލާމަތްކޮށްފައިވާއިރު އެމީހުންގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައި ވެއެވެ.

މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނައިރު މިސްރުގެ އޮފިޝަލުން ވަނީ ބޯޓުން ޖުމުލަ ދަތުރުކޮށްފައިވަނީ 31 ފަތުރުވެރީންނާއި 14 ފަޅުވެރީން ކަމަށް ބުނެފައެވެ. ފަޅުވެރީންގެ ތެރޭގައި ހިމެނޭ 14 މީހުންނަކީ މިސްރަށް ނިސްބަތްވާ މީހުންކަމަށް އޮފިޝަލުން ބުނެއެވެ.

ގެއްލިފައިވާ މީހުން ހޯދުމަށް މިސްރުގެ ނޭވީއާއި މިލިޓަރީ ފްލައިޓުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގިގޮތުގެ ތަހުގީގު ކފަށާފައިވާއިރު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ވަނީ އެލާޓު ނެރެފައެވެ.