ގއ. ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ޒަހަމުވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މިރޭ 9:30 ހާއިރު ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ދެ މީހުން ވެސް ތޫނު ހަތިޔާރު ބޭނުންކޮށްފައިވާ އިރު، އެ ދެ މީހުންނަށް ވެސް ވަނީ އެކި ވަރުގެ ޒަހަމުތައް ވެފައެވެ.
ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ އަނިޔާވި އެކަކުގެ ކޮނޑު ކަށިގަނޑާ ހަމައިން ތިން އިންޗި ކަފައިގެން ގޮސް، މުލަށްދަނޑިން ވެސް ތިން އިންޗި ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި ދެން ޒަހަމުވި މީހާގެ ބޮލުގެ ފުއްކިބައިން ކަފައިގެން ގޮސް، އޭނާގެ ކޮނޑުހުޅަށް ވެސް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދެ މީހުން ވެސް އިތުރު ފަރުވާއަށް ވަކިވަކިން ސީ އެމްބިއުލާންސްގައި ގއ. ވިލިނގިލި ހޮސްޕިޓަލަށް މިހާރު ފޮނުވާލާފައިވާ ކަމަށާއި އެ މީހުން ފޮނުވާލާފައިވަނީ ގިނައިން ލޭ ބޭރުވުމާއެކު، ސާޖަންއެއްގެ އެހީ ބޭނުންވާތީ ކަމަށް ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވިއެވެ.
އެ މާރާމާރީއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު