ސްރީ ލަންކާގައި މީހެއްގެ ރަހިމުން 10 ކިލޯގެ ޓިއުމަރެއް ނަގައިފިއެވެ.
ލަންކާގެ ކަޓަރަގަމާ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކުން ކުރި އެ އޮޕަރޭޝަންގައި ޓިއުމަރު ނަގާފައިވަނީ އުމުރުން 40 އަހަރުގެ މީހެއްގެ ރަހިމުންނެވެ. އޭނާގެ ރަހިމުގައި ޓިއުމަރެއް ހުރިކަން ފާހަގަވެ، އޮޕަރޭޝަން ކުރީ ކެއުމާއި ނޭވާލުމުގައި އުނދަގޫތަކެއް ފާހަގަވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ.
އެ މީހާގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ޑޮކްޓަރުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުން އޮޕަރޭޝަނަށްފަހު އަންހެން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
އޮފިޝަލުން ވަނީ ރަހިމުގައި އުފެދޭ ސެލްތައް ބޮޑުވެ ސިސްޓަކަށް ބަދަލުވެގެންދާ ކަމަށާއި އެކަމާ އަޅާނުލައިފި ނަމަ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ