ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ރާއްޖެއިން ދެމުން އަންނަ ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް މެލޭޝިއާގެ ވޯލްޑް ކާގޯ އެއާލައިނުން ގުޅުނު ހަބަރު އެމްއޭސީއެލް އާއި އެމްޕީއެލް އިންވެސް ދޮގުކޮށްފިއެވެ.

އެކަން ދޮގުކޮށް އެމްޕީއެލް އިން ބުނީ، ވޯލްޑް ކާގޯ އެއާލައިނުން ސީ-ޓު-އެއާ ކާގޯ ހިދުމަތާ ގުޅުނު ކަމަށް ބުނެ ދައުރުވަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

އެކަން ދޮގުކޮށް އެމްއޭސީއެލް އިން ބުނީ، ރާއްޖެއަށް އައި ވޯލްޑް ކާގޯގެ ފްލައިޓަކީ ޗާޓާޑް ފްލައިޓެއް ކަމަށާއި އެއީ ރާއްޖެއިން ދޭ ސީ-ޓު-އެއާ ކާގޯ ހިދުމަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

އެމްޕީއެލް އާއި އެމްއޭސީއެލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފެށީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި މިހާތަނަށް 11 އެއާލައިނަކުން އެ ހިދުމަތާ ވަނީ ގުޅިފައެވެ.