ސްރީ ލަންކާގެ އާމީ ޓްރޭނިން ސްކޫލެއްގައި ހުމެއް ފެތުރި 450 ސިފައިން ކަރަންޓީނު ކޮށްފިއެވެ. މީގެ އިތުރުން ހުމުގެ އަސަރު ކުރި ސިފައިންގެ ތެރެއިން ހާލު ގޯސްވި 25 ސިފައިންގެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ އާމީން ވަނީ އެ ޓްރޭނިން ސްކޫލް ސަސްޕެންޑްކޮށް މުޅި ފެސިލިޓީ ކަރަންޓީނުކޮށްފައެވެ. ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ސިއްހީ އޮފިޝަލުން އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އާމީން ބުނެއެވެ.
އޮފިޝަލުން ވަނީ އެތަނުގައި ޓްރެއިނިން ފުރިހަމަކުރަމުން ދިޔަ ސިފައިންގެ ތެރެއިން މިމަހުގެ 11 ވަނަ ދުވަހު ބައެއް ސިފައިން ބަލިވެގެން ފަރުވާ ހޯދައިފައިވާ ކަމަށް ބުނެފައެވެ.
ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށް އޮފިޝަލުން ބުނާއިރު ބައްޔާ ގުޅޭ އިތުރު ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ