ޗައިނާގެ ސްކޫލެއްގައި ވަޅީން ހަމަލާދީ 8 މީހަކު މަރާލައިފިއެވެ.
އިރުމަތީ ޗައިނާގައި ހުންނަ ސްކޫލެއްގައި ދިން އެ ހަމަލާގައި 8 މީހަކު މަރާލާފައިވާއިރު 17 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ އޮފިޝަލުން ވަނީ އެ ހަމަލާ ދިންކަމަށް ބެލެވޭ އުމުރުން 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ޗައިނާގެ ވޫޒީ ޔިޒިން އާޓްސް އެންޑް ކްރާފްޓްސް ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޮލެޖުން ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެމީހާ އެ ހަމަލާ ދީފައިވަނީ އޭނާ ކިޔެވި ސްކޫލުން ފާސް ނުވުމުގެ ސަބަބުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް މިހާތަނަށް ތަހުގީގުން ހާމަވެފައިވާކަމަށް ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ އެމީހާ އެ ސްކޫލުގައި ހެދި ޓެސްޓުން ފާސް ނުވުމުގެ ސަބަބުން ކޮލެޖުގައި އޭނާ ކިޔަވަން ތައްޔާރުވި އިންޓާންޝިޕް ނުލިބުމުން ސްކޫލަށް ގޮސް ހަމަލާ ދިނީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ