ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ވެރިރަށް ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދިވެހި މީހާ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރީ ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެނިކޮށެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބޯޑް (އޯއެންސީބީ) ގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ޕަނޫރަތު ލަކްބޫން "ދަތައިގާ" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ޕްރޮޓީން ސަޕްލިމެންޓަކީ، އިނގިރޭސިވިލާތުން، ކޮރިއާ މެދުވެރިކޮށް ތައިލެންޑަށް ފޮނުވި އެއްޗެެއް ކަމަށެވެ. އެއާ ހަވާލުވާން ދިޔާއީ ދިވެއްސެއް ކަމަށެވެ.
އެ ޕްރޮޓީން ސަޕްލިމެންޓްރީ ދަޅުގައި ވަނީ ތިން ކިލޯގެ މެފެޑްރޯނާ ކަމަށް ޕަނޫރަތު ލަކްބޫން ވިދާޅުވިއެވެ. އެއީ ތައިލެންޑުގެ ގާނޫނުގައިވާ ގޮތުން ކެޓަގަރީގެ 1 ގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެކެވެ.
ޕަނޫރަތު ލަކްބޫން ވިދާޅުވީ ހައްޔަރުކުރި ދިވެހި މީހާގެ ވަނަވަރު ހާމަކުރެވެން ނެތް ކަމަށެވެ. އެއީ ނެޓްވޯކުގެ އިތުރު މީހުން ހައްޔަރުކުރުމަށް ހުރަސް އެޅިދާނެތީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި މީހާގެ ވަނަވަރެއް އާންމެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު