އިސްރާއީލުގެ ޗީފް އޮފް ސްޓާފް، ޒާޝީ ބްރޭވާމޭން ގެ މައްޗަށް ވަރުގަދަ ތަހުގީގެއް ފަށައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެންމެ އަރިސް، ބޮޑުވަޒީރުގެ ޗީފް އޮފް ސްޓާފްގެ މައްޗަށް ތަހުގީގު ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގެ ހަމަލާގެ މައުލޫމާތު ބޮޑުވަޒީރާ ހިއްސާކުރުމުގައި ބޭނުންކުރި ޑޮކިއުމަންޓުތަކަށް ބަދަލު ގެނައިކަން ފާހަގަ ވެގެން ކަމަށް އޮފިޝަލުންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެއެވެ.
ޒާޝީ ބްރޭވާމޭން އަކީ ބޮޑުވަޒީރު ނަތަންޔާހޫގެ އެންމެ ގާތް އަދި އެންމެ އަރިސް އެއް ލަފާދާރު ކަމަށްވެސް އޮފިޝަލުން ބުނެއެވެ. ނަމަވެސް ފުލުހުން، މި ތަހުގީގު ފަށާފައި ވަނީ އޭނާގެ އަމަލުތަކުގެ ސަބަބުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ދިން ކުއްލި ހަމަލާގެ މައުލޫމާތު ބޮޑުވަޒީރާ ހިއްސާކުރި ވަގުތުވެސް އޮޅުވާލާފައިވާކަމުގެ ތުހުމަތު ޒާޝީ ގެ މައްޗަށް ވަނީ ކުރެވިފައެވެ.
ޒާޝީ ވަނީ އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ