ހުޅުމާލޭގައި އެޗްޑީސީން ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް މިރޭ އިއުލާނު ކޮށްފިއެވެ.

އެކަމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ޓްރާންސްފޯމިން ޓުމޯރޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކީ ޕްރޮޖެކްޓްސް" ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

އެގޮތުން އެޗްޑީސީން މިރޭ ލޯންޗް ކުރި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ އެކު 15 މަޝްރޫއެއް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ މޮޑެލްތައް ވެސް ވަނީ މިރޭ ދައްކާލައިފައެވެ.

  • މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައިދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެއް
  • މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީކުރާނެ
  • މަޝްރޫއުގެ ދަށުން 32 ޔުނިޓް ތަރައްގީ ކުރާނެ
  • މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު
  • ހުޅުމާލޭގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި
  • މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމުކުރެވޭނެ
  • އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިން އެޕާޓްމަންޓްސް
  • މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިޔަފާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމުކުރާނެ
  • ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް އިނޮވޭޓިވް ސޮލިއުޝަނެއްގެ ގޮތުގައި ޒަމާނީ ޕްރީފެބް ގެތައް ތައާރަފުކުރުން
  • މިއީ ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް
  • މޮޑާން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް
  • މިއީ ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް
  • ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެއް
  • އެތަނުގައި 20 ބީޗް ވިލާ އާއި 60 ގާޑަން ވިލާ އާއި 26 އާބަން ވިލާ އަދި 230 ސާވިސް އެޕާޓްމަންޓް ތަރައްގީ ކުރާނެ
  • އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް، އިވެންޓު ސްޕޭސް އަދި ލެޕް ޕޫލް ފަދަ ވަސީލަތްތައް ގާއިމުކުރާނެ
  • 5 ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމުކުރާނެ. އެތަނުގައި 85 ކޮޓަރި ހިމެނޭނެ؛ އެ ހޮޓަލުގައި ޕޫލާއި އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިން ހިމެނޭނެ
  • ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް، ހުޅުމާލޭގައި އެސްއެމްއީ ބިލްޑިން އެއް ހެދުން މި ޕްލޭންގައި ހިމެނޭ
  • 10 ފަންގިފިލާގެ މި އިމާރާތް ތަރައްގީ ކުރާނީ އެސްއޯއީތައް ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަށް
  • ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި އިމާރާތުގައި ކޮމާޝާލް ޔުނިޓުތައް ހިމެނޭނެ
  • އެސްއެމްއީ ބިލްޑިންގައި ކޮންފަރެންސް ރޫމްތަކާއި ކޯ ވޯކިން ސްޕޭސްގެ އިތުރުން ކޮމާޝަލް އައުޓްލެޓްސް އަދި ރޫފް ޓޮޕް ގާޑެން ހިމެނޭނެ
  • އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އާ ހެޑް އޮފީހެއް
  • މި ހެޑް އޮފީސް އިމާރާތުގައި ކޮމާޝަލް ސްޕޭސްތައް ހުންނާނެ
  • ޓްރެއިނިން ސެންޓަރަކާއި ރިކްރިއޭޝަނަލް އޭރިއާ، ޑޭކެއާ، އެކްސްޕީރިއެންސް ސެންޓަރު، އެގްޒިބިޝަން އަދި ޕާކިން ސްޕޭސްތައް ހިމެނޭނެ
  • މިތަނުން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ
  • ކޮމްޕްރިހެންސިވް ކެއާގެ ދަށުން އިސްރަށްވެހިންނަށް ހެލްތް އެންޑް ވެލްނެސް ޕްރޮގްރާމްތައް ހިންގާނެ
  • އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ ނިއުޓްރިއަސް މީލްސް ނުވަތަ ކެއުން ލިބޭނެ
  • އެތަނުގައި އޮފީސް ސްޕޭސްތައްވެސް ހުންނާނެ
  • އެތަނުން ކޮންމެ އިސްރަށްވެއްސަކަށް ބޭނުންވާ ސްޕެލައިޒްޑް ކެއާ ލިބޭނެ އަދި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ޕްރޮގްރާމްތައް ހިންގޭނެ
  • މިތަން ތަރައްގީ ކުރާނީ އެންމެ ފަހުގެ ވަސީލަތްތަކާއި ސެކިއުރިޓީ ހިމެނޭ ގޮތަށް
  • ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީ ކުރާނެ
  • ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ފަރުމާކުރާ މި 15 ޕާކިން އިމާރާތުގައި 4،000 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެ
  • މިތަންތަން ތަރައްގީ ކުރަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސް ވެވޭ ގޮތަށް
  • އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންތައްވެސް ހިމެނޭނެ
  • އެކި ޕާކިންގް ބިލްޑިންތަކަށް ބަހާލައިގެން، ރޫފް ޓޮޕްގައި ރެސްޓޯރެންޓުތަކާއި ޓެނިސް އާއި ސްކޭޓް ޕާކާއި މިނީ ގޮލްފް އާއި ޖިމް އަދި ރޮކް ކްލައިމްބިން ތަރައްގީ ކުރާނެ
  • އައިލް އެޑްވެންޗާ ޕާކަކީ ރޭސިން ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ޕާކެއް
  • މިތަން ހުންނާނީ ބީޗަށް އެކްސެސް ވެވޭ ގޮތަށް
  • މިތަނުގައި ކުދި ފިހާރަތަކާއި ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެ
  • މިއީ ރާއްޖޭގެ ތާރީހު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގުސަދުގައި ތަރައްގީ ކުރާ ތާރީހީ މަރުކަޒެއް
  • މިތަން ތަރައްގީ ކުރަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި
  • މިތަނުން ކުރިން ދިވެހިން އުޅުނު ގޮތާއި ދިވެހީންގެ ތާރީހު ފެނިގެންދާނެ
  • މިތަނުން މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރެވޭނެ
  • މިތަން ތަރައްގީ ކުރަނީ އުނގަންނައިދޭ އެކިއެކި އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް
  • އެތަނުގައި ލެކްޗާ ހޯލްސްތަކާއި ސްޓާފް ރޫމް، މީޓިން ރޫމް އަދި ލެބޯޓަރީތަކުގެ އިތުރުން މެނޭޖްމަންޓް އޮފީހެއް ހިމެނޭނެ
  • މި ނޮލެޖް ޕާކުގައި ސްޓޫޑެންޓް ހޮސްޓެލްތައްވެސް ހުންނާނެ
  • މިއީ ގަލުފަޅުގެ ފަޅުތެރޭގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެއް
  • މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއުގެ 31 ޔުނިޓާއި ހޮރައިޒަން ވިއުގެ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރާނެ
  • މިތަނުގައި ވޯޓާ ސްޕޯޓްސް، ޑައިވް ސެންޓަރު، ރިކްރިއޭޝަނަލް ސްޕޭސެސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހުންނާނެ
  • އިވެންޓު ސްޕޭސް ތަކާއި ކޮންވެންޝަން ސެންޓަރާއި އެގްޒިބިޝަން ހޯލްސް އަދި ބެންކުއެޓް ހޯލްސް ހުންނާނެ
  • "ކިނާރިއާ" ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި މުނިފޫހި ފިލުވުމާއި ކޭމްޕިން އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑެއް
  • ކުޑަގިރި ފަޅުގައި ތަރައްގީކުރާ މިތަނަށް، މާލެއިން ސްޕީޑް ބޯޓުގައި 15 މިނެޓުން ދެވޭނެ
  • މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި. އެގޮތުން، ގެސްޓް ހައުސް ސްޓޭ އާއި ސްޕާތައްވެސް ހުންނާނެ

މީގެ އިތުރުން ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް މަޝްރޫއެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. މިތަނުގައި ކޯލްޑް ސްޓޯރޭޖާއި އެމްޕަލް ވެއާ ހައުސިން އަދި ލޯކަލް ވިޔަފާރިތަކަށް ސްޕާޓް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެއެވެ. އަދި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އެޗްޑީސީން ހިއްކާފައިވާ ރަށްތަކާއި ހުޅުމާލޭގައި ގަސް އިންދާނެއެވެ. އަދި މަގުގެ ދެ ފަރާތުގައި ހިޔާ ލިބޭ ގަސްތަކާއެކު ޖޮގިންނާއި ބައިސްކަލް ދުއްވާނެ ސަރަހައްދުތައް ހެދުމާއި ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އެއްވެ އުޅޭނެ ސަރަހައްދުތަކާއި ބެންޗުތައް ގާއިމުކުރުން ވެސް ހިމެނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ލޯންޗުކުރެވުނު އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި އެ ތަނުގެ އޮޕަރޭޝަނަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި ޑޭވިޑް ޕިއެރިސް ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރެވެ.

އެޗްޑީސީން ބުނީ މިރޭ ލޯންޗުކުރި މި މަޝްރޫއުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް ލޯންޗު ކުރެވިގެން ދިޔަ މަޝްރޫއުތަކެއް ކަމަށެވެ. އަދި މި މަޝްރޫއުތަކުގެ މަގުސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގުތިސޯދަށް ރަނގަޅު ބަދަލެއް ގެނައުން ކަމަށެވެ.