އިޒްރޭލުން އިއްޔެ ލުބުނާނަށް ދިން ހަމަލާތަކުގައި 38 މީހުން މަރުވެއްޖެއެވެ.
އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން އިއްޔެ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޖުމްލަ 28 މީހުން މަރާލާފައިވާ އިރު، އެންމެ ގިނަ މީހުން މަރުވެފައި ވަނީ ލުބުނާނުގެ އަލްމާޓް ވިލޭޖު ހިމެނޭ ސަރަހައްދުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ލުބުނާނުގެ އަލްމާޓް ވިލޭޖަށް އިޒްރޭލުން ދިން ހަމަލާގައި 23 މީހުން މަރުވެފައިވާ އިރު، އޭގެތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލުބުނާނުގައި ހިޒްބުﷲ އިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް އިޒްރޭލުން ހަމަލާ ދެމުން ދިޔަ ނަމަވެސް ލުބުނާނުގެ އަލްމާޓް ވިލޭޖަކީ އެގުރޫޕުން ހަރަކާތްތެރިވާ ސަރަހައްދެއް ނޫން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ނަމަވެސް މިއީ އިޒްރޭލުން އެވިލެޖަށް ހަމަލާ ދިން ދެވަނަ ފަހަރެވެ.
އިޒްރޭލުން ލުބުނާނުގެ ދެކުނު ސީދަން އަށް ދިން ހަމަލާގައި އެސަރަހައްދުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިންގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި ލުބުނާނުން 53 މީހުން މަރުވެފައިވާ އިރު، 99 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ