ފުވައްމުލަކު ސިޓީން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެކަން ފުލުހުންގެ ފަރާތުން މީޑިއާތަކަށް ކަށަވަރު ކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ހުޝާމް މުހައްމަދު ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓެއްގައި ގެއްލިގެން ހޯދަމުންދާ ކުއްޖާގެ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން ގެއްލިގެން ހޯދަމުންދަނީ އިޒްޔާން ހުޝާމްއެވެ. އަދި ކުއްޖާ ފެނިއްޖެނަމަ 9100872 އަދި 9884426 އަށް ގުޅުމަށް އެދިފައިވެއެވެ.

ނަމަވެސް ކުއްޖާ ގެއްލިފައިވަނީ ކޮން ތަނަކަށް ކަމެއް އެ ޕޯސްޓުގައިވެސް ބުނެފައެއް ނެތެވެ. އިތުރު މައުލޫމާތު ހޯދުމަށް ޕޯސްޓުގައި ދީފައިވާ ދެ ނަންބަރަށް ގުޅުމުން ޖަވާބެއްވެސް ދީފައެއް ނުވެއެވެ.