ލުބުނާނުގައި ގޮއްވާލި ޕޭޖަރުތަކުގެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ.
ލުބުނާނުގެ ލޭބާ މިނިސްޓަރު، މުސްތަފާ ބައިރަމް ވިދާޅުވީ ޖެނީވާގައި ހުންނަ އދ. ގެ މައި އިދާރާއަށް އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުސްތަފާ ބައިރަމް ވަނީ އިސްރާއީލުން ދިން އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު އަދި ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށް މަސައްކަތްތެރީންނާ ދެކޮޅަށް ދިން ހަމަލާއެއްގޮތުގައި ސިފަކުރައްވާފައެވެ.
މުސްތަފާ ވިދާޅުވީ އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށާއި އިސްރާއީލުން ހިންގި އަމަލުގެ ސަބަބުން ލުބުނާނުގެ މަސައްކަތްތެރިންތަކެއް މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ