މާލޭ ޖަލު ހުރި ބިމުގައި ދަރުމަވަންތަ ސްކޫލްގެ ހޯލް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރުމަވަންތަ ސްކޫލް ހޯލާ ބެހޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ސުވާލު ކުރެއްވީ، އެ ސްކޫލް ހޯލުގެ މަސައްކަތް ގޮސް އޮތް ހިސާބު ބެއްލެވުމަށެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރު އައިސް މިނިސްޓްރީއާ ހަވާލުވިއިރު އެ ހޯލުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް އެ ހޯލުގެ މަސައްކަތަށް ބަޖެޓު ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރުގެ ތެރޭގައި އެ ހޯލުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލްގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 2020ގައި ކަމަށާއި، އޭރުން ފެށިގެން މި ސަރުކާރު އައުމާ ހަމައަށް ވެސް ހޯލުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާ ގޮތުގައި ފަހެއް އޭޕްރީލް 2023ގައި އެޑިއުކޭޝަން މިނިސްޓްރީން އެކަމާ ބެހޭގޮތުން ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވާކަމަށާއި، އެ ސިޓީގައި، މާލޭ ޖަލު ހުރި ތަނުގައި އިމާރާތަކާ އެކު ހޯލެއް އަޅަން ބޭނުންވާ ކަމަށާއި އެގޮތަށް ރައީސް އޮފީހުން ނިންމާފައިވާ ކަމަށާއި ރަޖިސްޓްރީ ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އެއިން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
"ދަރުމަވަންތަ ސްކޫލަށް ހޯލެއް ބޭނުންވާތީ ޖަލު ހުސްކުރުމަކީ އޮޕްޝަނެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން މިދަނީ އެ މަސައްކަތައިގެން ކުރިއަށް. އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެނަށް މަސައްކަތް ފެށޭވަރު ވާނެ،"
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު