ރަޝިޔާއިން ދުނިޔޭގައި ނެތްވަރުގެ ބޮޑު އަދަދަކުން ގޫގުލް ޖޫރިމަނާކޮށްފިއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާގެ ޗެނަލްތައް ޔޫޓިއުބުން ބްލޮކްކޮށްފައި ވުމުގެ ސަބަބުން އެކަމުގެ ބަދަލެއްގެ ގޮތުން ރަޝިޔާގެ ކޯޓަކުން ވަނީ ބޮޑު ޖޫރިމަނާއެއް ގޫގުލްގެ މައްޗަށް ކޮށްފައެވެ.

ރަޝިޔާގެ ކޯޓުން ވަނީ ގޫގުލް 20,000,000,000,000,000,000,000,000,000,000,000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްލާފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާއިރު އެ ކުންފުނީގެ މިލްކިއްޔާތުގައި ހިމެނެނީ ދެ ޓްރިލިއަން ޑޮލަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާގެ ކޯޓުން ކުރި ހުކުމްގައިވަނީ އެ އަދަދު ކިޔާލަން އެހާ ފަސޭހަ ނޫން ކަމަށާއި ގޫގުލްގެ މެނޭޖްމަންޓުން އެ އަދަދާ މެދު ސަމާލުވެ އަޑުއެހުމަށް ގޮވާލާފައެވެ.

ރަޝިޔާއިން ކުރި ހުކުމާ މެދު އަދި މިހާތަނަށް ގޫގުލް އިން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.