ގާޒާގެ އުތުރުގައި އިސްރާއީލުގެ ހަތަރު ސިފައިން މަރާލައިފިއެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން އިއްޔެ ބުނެފައިވާ ގޮތުގައި، އެ ގައުމުގެ ސިފައިންގެ ތެރެއިން ގާޒާގެ އުތުރުގައި ހަނގުރާމައިގައި ބައިވެރިވި ހަތަރު ސިފައިން މަރުވެފައިވާއިރު، އިތުރު މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނުގައި ވާގޮތުން އަނިޔާވި ސިފައިންގެ މީހާ އިތުރު ފަރުވާއަށް އިސްރާއީލުގެ ހޮސްޕިޓަލަކަށް ވަނީ ގެންދެވިފައެވެ.

މިހާތަނަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ހަތްވަނަ ދުވަހުގެ ފަހުން އިސްރާއީލުގެ 776 ސިފައިން މަރުވެފައިވާއިރު 5100 ސިފައިންނަށް އަނިޔާވެފައިވާކަމަށް އިސްރާއީލުގެ ސަރުކާރުގެ ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ސަރުކާރުން ހާމަކުރި ތަފާސްހިސާބުތައް ދޮގުކޮށް އެ ގައުމުގެ އިދިކޮޅުން ވަނީ މިހާތަނަށް 890 ސިފައިން މަރުވެ 11000 ސިފައިންނަށް އަނިޔާވެފައި ވާކަމަށް ހާމަކޮށްފައެވެ.

އިސްރާއީލުން ގާޒާގައި ނަސްލެއް ނައްތާލުމަށް ހިންގަމުންގެންދާ ގަތުލްއާންމުގައި ވަނީ ގާޒާއިން 43،061 މީހުން މަރާލައިފައެވެ.