ޗައިނާގެ 17 ކުޑަކުއްޖަކު ޓްރެފިކް ކުރިކަމުގެ ކުށުގައި ޗައިނާ އަންހެނަކު މެރުމަށް ހުކުމްކޮށްފިއެވެ.
ޗައިނާގެ އެކި ޕްރޮވިންސުތަކުން 1993 ވަނަ އަހަރާއި 2003 ވަނަ އަރާ ދެމެދު، 17 ކުޑަކުއްޖަކު ޓްރެފިކް ކުރި ކަމުގެ ކުށުގައި މެރުމަށް ހުކުމް ކޮށްފައިވަނީ އެ ގައުމުގެ އުމުރުން 61 އަހަރުގެ ޔޫ ހުއާޔިން ނަމަކަށް ކިޔާ މީހެކެވެ.
ޔޫގެ މައްސަލަ ފެންމަތިވެފައި ވަނީ 2022 ވަނަ އަހަރު އޭނާގެ ކުށުގައި ހިމެނުނު އުމުރުން 35 އަހަރުގެ މީހަކު އެ މައްސަލަ ރިޕޯޓު ކުރުމުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ތަހުގީގުގައި ޔޫގެ މައްޗަށް ތުހުމަތު ކުރި ކަންކަން ސާބިތުވުމުން، އޭނާ ވަނީ އެންމެ ފަހުން އެކަމަށް އެއްބަސްވެސް ވެފައެވެ.
ޗައިނާގެ ކޯޓުން ވަނީ ޔޫގެ މައްޗަށް އުފުލާފައިވަނީ ސީރިއަސް މައްސަލައެއް ކަމަށާއި އެމައްސަލަައިގެ ބާވަތުން އެއީ ބޮޑު ކުށަކަށްވާތީ، އެކަމުގެ އަދަބު ބޮޑުވާނެ ކަމަށް ބުނެ މެރުމަށް ހުކުމް ކޮށްފައެވެ.
ފުލުހުން ވަނީ ތަހުގީގުން ހާމަވިގޮތުން ޔޫ އޭނާ އެންމެ ފުރަތަމަ ޓްރެފިކް ކޮށްފައިވަނީ އަމިއްލަ ދަރި ކަމަށާއި އެކުއްޖާ ވިއްކާލާފައިވަނީ 5000 ޔުއާން ނުވަތަ 701 އެމެރިކާ ޑޮލަރަށް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ