މެކްޑޮނަލްޑްސް އިން ސްރީ ލަންކާގެ ޕާޓްނަރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފިއެވެ.

އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ފްރެންޗައިސް މެކްޑޮނަލްޑް އިން ލަންކާގައި އޮޕަރޭޓް ކުރަމުން ގެންދިޔައީ ލަންކާގެ އިންޓަނޭޝަނަލް ރެސްޓައުރަންޓްސް ސިސްޓަމްއާ ގުޅިގެންނެވެ.

ލަންކާގެ އިންޓަނޭޝަނަލް ރެސްޓައުރަންޓްސް ސިސްޓަމާއި މެކްޑޮނަލްޑްސް ވެފައިވާ ފްރެންޗައިސް އެއްބަސްވުން އުވާލާފައިވަނީ ދެފަރާތުން އެއްބަސްވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެކްޑޮނަލްޑްސް އެއްބަސްވުން އުވާލާފައިވާ އިރު، އެކުންފުނީގެ ލަންކާގެ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ދަށްވެގެން މާޗް މަހުން ފެށިގެން މެކްޑޮނަލްޑްސްގެ އޮޕަރޭޝަންތައް ލަންކާގައި ވަނީ ސަސްޕެންޑު ކޮށްފައެވެ.

މެކްޑޮނަލްޑްސް އިން ނެރުނު ބަޔާނުގައި ވަނީ ލަންކާގެ ރައްޔިތުން ދީފައިވާ ސަޕޯޓާއި އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށް ބުނެފައެވެ.

މެކްޑޮނަލްޑްސްގެ ލަންކާ އޮޕަރޭޝަން ހުއްޓާލި ނަމަވެސް އިތުރު އެހެން ޕާޓްނަރަކާ އެކު ފެށުމަށް އަދި ނިންމާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.