މަންމައަށް ވަޅިން ބިރުދައްކައި، މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެ އަންހެން މީހާގެ ދަރިފުޅު ހ. އެހަދަ/ މުހައްމަދު އިސްމާއިލް 28އ. އެވެ.

ފުލުހުން އިއްޔެ ބުނީ ހުލުމާލެ ފޭސް ދޭއް އެޗް13 ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓުގެ ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ދަރިފުޅު މުހައްމަދު އިސްމާއިލް، އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލަދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށެވެ. އަދި އޭނާ، އެ އަންހެން މީހާގެ ފޯނު ވެސް ފޭރިގަނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ ހުލުމާލެ ފޭސް ދޭއް އެޗް13 ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓުގެ ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ދަރިފުޅު މުހައްމަދު އިސްމާއިލް، އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލަދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށެވެ. އަދި އޭނާ އެ އަންހެން މީހާގެ ފޯނު ވެސް ފޭރިގެން ގޮސްފައިވާ ކަމަށެވެ.