އިސްތަށީގެ ދުޅަހެޔޮކަމާއި، ހަމުގެ ފެންވަރާއި އަދި އެހެނިހެން ކަންކަމާ ބެހޭގޮތުން ވާހަކަދައްކާއިރު، ކޮންމެ މީހަކުވެސް އަމިއްލައަށް އެމީހަކު ގަބޫލުކުރާ ގަބޫލުކުރުންތަކެއް ހުރެއެވެ. ބައެއް އުކުޅުތަކަކީ ބައެއް މީހުންނަށް ފައިދާކުރިނަމަވެސް، އަނެއްބައިމީހުނަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަންކަމެވެ. ކޮންމެކޮންމެ މީހަކު ރަނގަޅުކަމަށް ބުނެ ދޭ ޚިޔާލު ތަކަކީ ސަތޭކަ ޕަސެންޓް ކާމިޔާބުވާނެ އެއްޗެއްކަމުގެ ޔަގީންކަމެއް ނޯވެއެވެ. އެކަމަކު މައްސަލައަކީ ރީތިވުމާބެހޭ އެތައް ދޮގު ވާހަކަތަކެއް ފެތުރިފައިވާއިރުވެސް، މީހުން ދައްކާ ވާހަކަތަކަށް ހެއްލުމެވެ. އަދި އެއިން ގެއްލުން ލިބުމެވެ. ތިރީގައި އެވަނީ ބިއުޓީއާ ބެހޭ ވަރަށް އާންމު 5 ދޮގެއްގެ ވާހަކައެވެ.

ގިނަ ބަޔަކު ދިރިއުޅެނީ ކޮންމެ ދުވަހަކު ނުވަތަ ގާތްގަނޑަކަށް ކޮންމެ ހަފުތާއަކު އިސްތަށި ކުޑަކޮށް ކޮށައިގެން އިސްތަށި ދިގުވެ، ބޯވެގެންދާނެކަމުގެ ދޮގު ޚިޔާލެއްގައެވެ. މިއީ ތިބާ ކުރާ ނުވަތަ ކޮށްފައިވާ ކަމެއް ނަމަ ތިހުރެވެނީ ދޮގު ހަބަރެއްގެ ޝިކާރައަކަށް ވެފައެވެ. އިސްތަށި ފެށިގެން އަންނަނީ ފޮލިކަންއިންނެވެ. އެހެންކަމުން އޭގެ ފަރުވާވެސް ފަށަން ޖެހެނީ އިސްތަށީގެ ބުޑުން ނުވަތަ ފޮލިކަލުންނެވެ. އިސްތަށީގެ ކޮޅަކުންނޫނެވެ. ގަވައިދުން އިސްތަށިގަނޑު ކޮށާނަމަ ސްޕްލިޓް އެންޑްސްއިން ރައްކާތެރިވެވިދާނެއެވެ. ނަމަވެސް މިއީ އިސްތަށި ދިގުވާނެ އުކުޅެއްނޫނެވެ.

މިއީ އެންމެ ނުރައްކާތެރި ދޮގު ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ އެވެ. އިރުން ލިބޭ ވިޓަމިން ޑީ އިން ތިބާގެ ހަމުގެ ކުލައަށް އަޖައިބުތަކެއް ގެނެސްދީފާނެއެވެ. މިއީވެސް ވަކި ވަގުތެއްގައި އިރުގައި ޖެހުމުންވާގޮތެކެވެ. އެހެނަސް އޭގެ ސަބަބުން ތިބާގެ ހަމުގެ މަތީ ފަށަލައަށް ދާއިމީ ގެއްލުން ލިބިދޭނެއެވެ. އިރުގެ އަލިން ބިހިތައް ހިކި، އެކަމުގެ ސަބަބުން ހަންގަނޑު ވިދާހެން ހީވިނަމަވެސް މިއީ ހަމުގެ ތެތްކަން ގެއްލި، ހަމުގެ ސެލްތައް ހިކުމުން ވާގޮތެކެވެ. މިކަމުގެ ސަބަބުން ހަމުގެ ޕޯސްތައް އިތުރަށް ބަންދުވެ، ބިހިނެގުން އިތުރުވެ، އަދި ތެޔޮކަންވެސް އިތުރުވެގެންދާނެއެވެ.

ގިނަ ބައެއްގެ މޮޔަ ގަބޫލުކުރުންތަކުގެ ތެރެއިން އެއް ގަބޫލުކުރުމަކީ، އަގުހެޔޮ އުފެއްދުންތަކުން ހަމަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެކަމުގެ ގަބޫލުކުރުމެވެ. އަދި ހަމަ އެހެންމެ އެންމެ އަގު ބޮޑު އެއްޗަކީ އެންމެ މޮޅު އެތި ކަމަށް ދެކުމެވެ. މިއީ ދޮގު މައުލޫމާތެކެވެ. އުފެއްދުމެއްގެ އަގު ބޮޑުވުމަކީ އެ އުފެއްދުމެއް އެންމެ ފައިދާހުރި އެއްޗެއްކަން ދޭހަކޮށްދޭ ކަމެއް ނޫނެވެ. އެހެނީ ބްރޭންޑުގެ ނަމާއި ޕެކޭޖިން ވެސް އަގުބޮޑު ޓެގުގެ ދަށަށް އަންނަކަން ވިސްނަވާށެވެ. މިއީ އެމީހުންނަށް މުހިންމު ކަމެކެވެ. އެހެންކަމުން ބަލަންވީ އެންމެ މޮޅު އަދި ހަރަކާތްތެރި ބާވަތްތަކަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް ތިބާގެ ހަމާ އެންމެ ގުޅޭ ބާވަތްތައް ހިމެނޭ ޕްރޮޑަކްޓްސްތައް ބޭނުން ކުރުމަށެވެ. އަގު ހެޔޮ ވިޔަސް، ބޮޑު ވިޔަސް ހަމާ ގުޅޭ، ރަނގަޅު އުފެއްދުން ހުންނާނެ އެވެ. ހަމަށް އެންމެ މުހިންމު އެއް ކަމަކީ ހަމާ ގުޅޭ، އުފެއްދުންތައް ހިޔާރު ކުރުމެވެ.

މިއީ ވެސް ދޮގު ހަބަރެކެވެ. އެހެނީ ޔޫވީ ރޭސްތައް ވިލާތަކާއި، އަނދިރި ދުވަސްތަކާއި، އަދި ހޫނު ވައިތަކުގެ ސަބަބުން ހޫނު މޫސުމުގެ ރޭގަނޑުގެ ވަގުތުތަކުގައިވެސް ފޭދިގެން އާދެއެވެ. މޫސުން ހުންނަ ގޮތަކާ ނުލައި، އަބަދުވެސް ބޭރަށް ނުކުންނަވަން ވާނީ މުޅި ހަށިގަނޑުގައި ސަންސްކްރީން ލައިގެންނެވެ. ހޫނުވެ ދާހިއްލާނަމަ ނުވަތަ ފަތަންގޮސްފިނަމަވެސް ސަންސްކްރީން ލާންވާނެއެވެ. އަދި އެސްޕީއެފް މަތިވުމަކީ އަބަދު ރައްކާތެރިކަން އިތުރުވާނެކަމެއް ނޫނެވެ. އެކަން ބިނާވަނީ އެސްޕީއެފް ނަންބަރާއި، ބޭނުންކުރާ ހާލަތާއި މިންވަރުގެ މައްޗަށެވެ.

ހަފުތާއެއްގެ ތެރޭގައި ނުވަތަ މަހެއްގެ ތެރޭގައި ހަމަށް ގިނައިން އެކްސްފޯލިއޭޓް ކުރުމުގެ ސަބަބުން ހަން ރަތްވެ، ފާރުވެ، އަދި ފާރުގެ ނިޝާންތައް ފެންނަންވެސް ދިމާވެދާނެއެވެ. އެކްސްފޯލިއޭޓް ކުރަން ވާނީ ހަމުގެ ބާވަތަށް ބަލައި، ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރުއެވެ. ނުވަތަ އެއަށްވުރެވެސް މަދުންނެވެ. އަބަދުވެސް އެކްސްފޯލިއޭޓް ކުރަންވާނީ މަޑުމައިތިރިކަމާއެކުއެވެ. ހަމާއި ސެލްތަކުގެ އޮއްޓަރު ގެއްލޭ ފަދަ ހަރުކަށި ސްކްރަބްތަކާއި އާލާތްތައް ބޭނުންކުރުމުން ދުރުހެލިވާށެވެ. ނާޒުކު ހަން ހުންނަ މީހުން ހަފުތާއަކު އެއްފަހަރު ނުވަތަ ދެހަފުތާއިން އެއްފަހަރު މި ޕްރޮސެސް ފޮލޯކުރެވިދާނެއެވެ. އަދި ތެޔޮ ހަން ހުންނަ މީހުންނަށް ހަފުތާއަކު ދެފަހަރު އެކްސްފޯލިއޭޓް ކުރެވިދާނެއެވެ.