ޗައިނާގެ ގުއަންޒޯގައި ޑެންގޫ ކޭސްތައް އިތުރުވެ އެލާޓް ނެރެފިއެވެ.
ޗައިނާގެ ދެކުނުން އޮންނަ ގުއަންޒޯގެ ސިއްހީ އޮފިޝަލުން ވަނީ އެ ސިޓީގައި ޑެންގޫ ކޭސްތައް އިތުރުވެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އާންމުން އެކަމަށް ސަމާލުވުމަށް އަންގައި އެލާޓް މަތިކޮށްފައެވެ.
ސިއްހީ އޮފިޝަލުން ވަނީ މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިކުރުމަށް އެސިޓީގެ އާންމުން މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.
ގުއަންޒޯގައި ޑެންގޫ ކޭސްތައް 73 އިންސައްތަ އަށް އިތުރުވެފައިވާ އިރު، އެގައުމުގެ އާންމުންގެ އިތުރުން އެހެން ގައުމުތަކުން އަންނަ މީހުންގެ ގައިން ވެސް ޑެންގޫ ފެންނަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ގުއަންޒޯގެ 11 ޑިސްޓްރިކްޓެއްގައި ކޭސްތައް ގިނަވާ ކަމަށް ފާހަގަވެފައިވާ އިރު، 17 މިލިއަންގެ އާބާދީ އެއް އޮންނަ ގުއަންޒޯގައި ޑެންގޫ ޖެހިގެން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ލިބިފައިނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ