އަންނަ ޖޫން މަހުން ފެށިގެން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، (ޓީޖީއެސްޓީ) 17 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށެޅި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބިލް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ ބިލް މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތްއިރު، ޖަލްސާގައި ތިއްބެވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ބިލް ބަލައިނުގަތުމަށެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވި މިބިލްގައި ވަނީ، މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.
އެކަމުގެ ސަބަބުން ދައުލަތަށް އިތުރު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވެއެވެ.
ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ވަނީ 100 ޕަސެންޓަށް އިތުރު ކުރަން ނިންމައިފަ އެވެ. އެގޮތުން 50 ކޮޓަރި އަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓް ހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމައިފައެވެ.
އެކަމަށް ހުށަހެޅި ބިލްތަކުގެ ބަހުސްވެސް މަޖިލިސް ތަޅުމުގައި ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު