ހަނގުރާމައިގައި ބައިވެރިވުމަށް ނޯތުކޮރެއާގެ އާންމުން ރަޝިޔާ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ޔޫކްރޭނުގެ ރައީސް ވިދާޅުވެއްޖެ އެވެެ.
ޔޫކްރޭނުގެ ރައީސް ވްލަޑިމީރް ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ ވީޑިއޯ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވްލަޑިމީރް ވަނީ ރަޝިޔާ އާއި ނޯތު ކޮރެއާގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހި ވަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި ހަނގުރާމައަށް އެހީވުމަށް ނޯތުކޮރެއާއިން ރަޝިޔާ އަށް ހަތިޔާރު ފޯރުކޮށްދީފައިވާއިރު މިހާރު ނޯތު ކޮރެއާއިން އާންމުން ރަޝިޔާ ފަޅީގައި ހަނގުރާމައިގައި ބައިވެރިކުރުވާ ކަމަށް ފާހަގަކުރައްވައިފައެވެ.
ޒެލެންސްކީގެ ކަންބޮޑުވުމަކީ މިދިޔަ ޖޫން މަހު ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ނޯތު ކޮރެއާ އަށް ވަޑައިގެން އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން އާއި ބައްދަލު ކުރައްވައި ކުރިޔަށް ދިޔަ މަޝްވަރާތަކަށްފަހު އުފެދެމުންދާ ގުޅުން ކަމުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޒެލެންސްކީ ވަނީ ރަޝިޔާއިން ވެސް ގާތް ގައުމުތަކާ ގުޅިގެން ކަންކަން ކުރަމުންދާ ގޮތަށް ޔޫކްރޭނުން ވެސް އެކުވެރި ގައުމުތައް މެދުވެރިކޮށް އެހީތެރިކަމަށް އެދެން ޖެހިއްޖެ ނަމަ އެދޭނެ ކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ