މައުންޓް އެވަރެސްޓަށް އަރަނިކޮށް ގެއްލުނު މީހެއްގެ ހަށިގަނޑު 100 އަހަރު ފަހުން ފެނިއްޖެއެވެ.

1924 ވަނަ އަހަރު ނޭޕާލްގައި ހުންނަ މައުންޓް އެވަރެސްޓަށް އެރުމުގެ މަސައްކަތް ކުރަނިކޮށް ގެއްލިފައިވާ އެންޑްރޫ އައިވައިން ނަމަަކަށް ކިޔާ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ އެ ފަރުބަދައިގައި ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނެޝަނަލް ޖޯގްރެފިކްގެ ޓީމަށް ފެނިފައިވާ ހަށިގަނޑު ދިރާސާކުރުމުން ވަނީ އެއީ އެންޑްރޫކަން ޔަގީންވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އެންޑްރޫ އާއި އޭނާގެ އެކުވެރި ޖޯޖް މެލޮރީ ނަމަކަށް ކިޔާ މީހަކު މައުންޓް އެވަރެސްޓަށް އެރި ފަހުން ގެއްލިފައި ވުމުން އެމީހުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް 1999 ވަނަ އަހަރު ވަނީ ޖޯޖްގެ ހަށިގަނޑު ފެނިފައެވެ.

ނެޝަނަލް ޖޯގްރެފިކްސް އިން ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މައުންޓް އެވަރެސްޓުގެ އައިސްތައް ދިޔާވަމުންދިއުމާ ގުޅިގެން، ކުރިން ގެއްލިފައިވާ ބައެއް މީހުންގެ ހަށިތައް ފެންނަން ފަށާފައިވާކަމަށް ބުނެފައެވެ.