ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ނޭކުރެންދޫ ސައިޓުގައި މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ކެޕިންގެ މަސައްކަތް ކަމަށެވެ.
ނެކުރެންދޫ ބަދަރު ތަރައްގީގެ މަޝްރޫއު ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 31 އޮކްޓޯބަރު 2022ގައެވެ. އެއީ 45.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
- މޫރިން ބޮއެ ހަރުކުރުން
- ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން
- 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
- 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
- 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން
- 1،985 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
- 1،859 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުން
- 22،323 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުން
- 6،806 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުން
ޚަބަރު
ޚަބަރު
ޚަބަރު