ހުޅުހުޅުގައި ރިއްސާ ބަލިތަކަށް ފަރުވާ ދިނުމަށް ޖަހާ ޕްލޭޓްލެޓް ރިޗް ޕްލާސްމާ ނުވަތަ ޕީއާރުޕީ އިންޖެކްޝަނުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ޕީއާރުޕީ އިންޖެކްޝަނުން އަށް ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. އޭރުން އެ މުއްދަތުގެ ތެރޭގައި އެ ހިދުމަތް ހޯދާ ފަރާތްތަކުން ދައްކަންޖެހޭނީ 2،950 ރުފިޔާއެވެ.

ޕީއާރުޕީ އިންޖެކްޝަނަކީ ބަލިމިހާގެ ގައިން ލޭ ނެގުމަށްފަހު އެލޭގައި އެކުލެވޭ ޕްލޭޓްލެޓްސް އަލުން އަނިޔާ ލިބިފައިވާ ތަނަކަށް އިންޖެކްޓްކުރާ ފަރުވާއެކެވެ. މީގެ ސަބަބުން އަނިޔާ ލިބިފައިވާ ތަނުގައި ޕްލޭޓްލެޓްސްގެ ކޮންސަންޓްރޭޝަން ނުވަތަ އަދަދު އިތުރުވެއެވެ. އަދި ބަލިން ސަލާމަތްވުމަށް ހޭދަވާ މުއްދަތު ވަރަށް ބޮޑަށް އަވަސްވެއެވެ.

"ޕީއާރުޕީ އިންޖެކްޝަން ފޯ ޖޮއިންޓްސް" އަކީ ހުޅުތަކަށް ލިބޭ އަނިޔާއަށް ހާއްސަކޮށް ދޭ ފަރުވާއެކެވެ. މިއީ އާންމުކޮށް ލިގަމެންޓާއި ޓެންޑަން އަދި ހުޅުހުޅުގެ އިތުރު ސޮފްޓް ޓިޝޫތަކަށް ލިބޭ އަނިޔާއަށް ދެވޭ ފަރުވާއެކެވެ.

މިއީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ރާއްޖެބަލި އަދި ކުޅިވަރު ކުޅެގެން ހުޅުހުޅަށް ލިބޭ އެކިވަރުގެ އަނިޔާތަކަށް ފަރުވާ ދިނުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ ފަރުވާއެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

ޕީއާރުޕީ އިންޖެކްޝަންގެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުމުންވެސް ބޭނުންވާ މައުލޫމާތު ލިބޭނެއެވެ.