އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުއިރަށް އެބަދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީގެ "އެކްސް" ޕޯސްޓުގައި އިއްޔެ ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ސައިޓުގައި ހަރަކާތްތެރިކަމާއެކު ކުރިއަށްދާކަމަށެވެ.
"އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖިން ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދަނީ، އަދި މަސައްކަތް ސައިޓުގައި ހަރަކާތްތެރިކަމާއެކު ކުރެވެމުންދޭ،" ފަހުމީ ވިދާޅުވިއެވެ.
އެފަދަ ސްޓޭޝަނެއް ހަދަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށެވެ.
"ސްޓެލްކޯއިން ދަނީ ރައީސްގެ ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ތަސައްވުރު ހާސިލުކުރުމަށް އެހީތެރިވެދެމުން، މި މަޝްރޫއު ތާވަލާ އެއްގޮތަށް ނިންމުމަށް ގަދައަޅައި މަސައްކަތްކުރަމުން" ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫއު ނިމުމުން، ރާއްޖޭގައި އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރުން އިތުރުވެ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން އެންމެ ފުރަތަމަ ބުނީ މި އަހަރުގެ އޯގަސްޓު މަހުގެ 25 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު