އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ މަސްފެންގަނޑު ހެދުމުގެ މަސައްކަތުގެ ބިޑަށް ކުރިމަތިލެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަނި ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް https://forms.office.com/r/7b3yb6Kfk4 މެދުވެރިކޮށް ރަޖިސްޓްރީވެވެން ހުންނާނެ ކަމަށެވެ. މިމަހުގެ ހަވަނަ ދުވަހުގެ ރޭ 10:00 އާ ހަމައަށް ރަޖިސްޓްރީވެވެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީނުކުރާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮކްޓޫބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.