ލުބުނާނުގައި ތިބި އިނގިރޭސި ރައްޔިތުން ބަލާ ފްލައިޓެއް ފޮނުވަން އެ ގައުމުން ނިންމައިފިއެވެ.
އިނގިރޭސި ސަރުކާރުން ޗާޓަރު ފްލައިޓެއް ލިބުނާނަން ފޮނުވަން ނިންމީ އެ ގައުމުގައި ތިބި އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ރައްކާތެރިކަން ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެއެވެ. އެގޮތުން އެ ފްލައިޓް ލުބުނާނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
އިނގިރޭސި ސަރުކާރުން ވަނީ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާނަމަ ލުބުނާނުގައި އެ ގައުމަށް ނިސްބަތްވާ ގާތްގަނޑަކަށް 6000 ވަރަކަށް މީހުންނާއި އެ މީހުންގެ ދަރިން ތިބި ކަމަށް ބުނެފައެވެ. އެ އެންމެން އެނބުރި އިނގިރޭސި ވިލާތަށް ގެންދިއުމަށް އިތުރު ފްލައިޓުތައް ވެސް ޗާޓަރު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ލުބުނާނަށް ހަމަލާ ދޭން ފެށުމާއެކު އެ ގައުމުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ބޯޑަރުތައް ހުރަސްކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެ. އޭގެ ތެރޭގައި އެ ގައުމުގައި ދިރި އުޅޭ ބޭރު މީހުންވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ