ހިޒްބުﷲގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން އާދިއްތަ ދުވަހު ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ޝިޔާހް ސަރަހައްދަށް ދިން ހަމަލާގައި ޝަހީދުކޮށްލާފައިވަނީ ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ ނާބިލް ކާއުކްއެވެ. އޭނާ ޝަހީދުވެފައިވާކަން ހިޒްބުﷲ އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ނާބިލްއަކީ އެ ޖަމާއަތުގެ ޖިހާދުންގެ އިސް ލީޑަރެއްގެ އިތުރުން އެންމެ ކުރީ ސަފުގައި އަބަދުވެސް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވި ޝަހުސިއްޔަތެކެވެ. އަދި އޭނާއަކީ އެމެރިކާ އިން 2020 ވަނަ އަހަރު ބައިނަލްއަގުވާމީ ޓެރަރިސްޓް ލިސްޓުގައި ވެސް ހިމަނާފައިވާ މީހެކެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ ވަނީ 45 މީހުން ޝަހީދުކޮށްލައިފައެވެ.