ރާއްޖޭގައި މަނާކުރި ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތުމުން، އެ ބޭސް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފިއެވެ.
ކުނޑިތަކެއް ފެނުނު ކަމަށް ބުނެ، ކެއްސާތީ ދޭ އެ ބޭސް ބޭނުން ކުރުމާއި ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ގައެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މާކެޓުން ލިބެންހުރި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި، އިތުރު ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމުން އެ ބޭހުގައި މައްސަލައެއް ނެތްކަން ދެނެގަނެވިފައިވާ ކަމަށެވެ.
"އެހެންކަމުން، މިއަދުން ފެށިގެން، ކުރިއެކޭ އެއްގޮތަށް މި ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ..،" އެމްއެފްޑީއޭ އިން ބުންޏެވެ.
އެ ބޭހަކީ އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ، 'އެމްއެމްސީ ހެލްތު ކެއާ' ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު