ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލައިފިއެވެ.
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ހިޒްބުﷲ ގެ ހެޑްކުއާޓަރަށް އިއްޔެ ދިން ހަމަލާގައި އެޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން އިއުލާންކޮށްފައިވާ އިރު، ހިޒްބުﷲ އިން ވެސް ވަނީ އެކަން ކަށަވަރުކޮށްފައެވެ.
އިޒްރޭލުން ވަނީ ލީޑަރު ހަސަން ނަސްރުﷲ ގެ އިތުރުން އެޖަމާއަތުގެ ކޮމާންޑަރު އަލީ ކާކީ ވެސް އަވަހާރަކޮށްލައިފައެވެ.
ނަސްރުﷲ އަކީ ހިޒްބުﷲގެ އެއް ފައުންޑަރެވެ. އިރާނުގެ އެހީގައި މީގެ އެތަކެއް އަހަރެއް ކުރިން އުފައްދާފައިވާ ހިޒްބުﷲ އަކީ މެދުއިރުމަތީގެ އެންމެ ނުފޫޒު ގަދަ ޖަމާއަތް ކަމަށް އޮފިޝަލުން ބުނެއެވެ.
ދެކުނު ބެއިރޫތުގައި ހުންނަ، އާންމުން ވެސް ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދަކަށް އިޒްރޭލުން ވައިގެމަގުން ދިން އެ ހަމަލާގައި އާންމުންގެ ތެރެއިން ޝަހީދުވެފައިވަނީ ކިހާ މީހުންނެއް ކަމެއް އަދި ކަށަވަރުވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ