ހއ. ހޯރަފުށި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ހޯދަމުންދަނީ ހއ. ހޯރަފުށި/ ހީރާ، މުހައްމަދު ސާއިފް، 30އ. އެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފުލެޓް 205-2-35 އެވެ. އޭނާއަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރެކެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 9:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން ކަމަށެވެ. އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.