އިސްރާއީލުން އިއްޔެ ލުބުނާނަށް ދިން ހަމަލާގައި 274 މީހުން މަރާލައިފި އެވެ.
އިސްރާއީލުގެ މިލިޓަރީން ލުބުނާނުގެ ދެކުނު ސަރަހައްދަށް ދިން ހަމަލާގައި މަރުވި 274 މީހުންގެ ތެރޭގައި 21 ކުޑަކުދީން ހިމެނޭކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ހަމަލާތަކުގައި 1024 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު އޭގެ ތެރޭގައި ހާލުދެރަ މީހުން ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުން ހަމަލާ ދޭން ފެށުމާއެކު ލުބުނާނުގެ ވެރިރަށަށް ވަނީ ބިރުވެރިކަން ކުރިމަތިވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ. ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން ވަނީ އިއްޔެގެ ހަމަލާތަކަކީ ހިޒްބުﷲގެ ހަނގުރާމަވެރީންނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. ނަމަވެސް އެ ހަމަލާތަކުގައި ގިނައިން މަރުވެފައިވަނީ އާންމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ