އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ފަތިހު އަލިފާން ރޯވެ، ގުދަނަކާއި ގާޑިޔަލެއް އަނދައި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް މިއަދު ފަތިހު 05:46 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. އެގޮތުން އަލިފާން ނިއްވާލެވުނީ މިއަދު 06:45 ހާއިރު ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް ބުންޏެވެ.